ދިވެހިރާއްޖެ
އިޢުލާން
ބ. ގޮއިދޫން ގޯތި ދޫކުރުމާ ބެހޭ:
މި އަހަރުގެ ބިމުގެ ބަޖެޓުގައި ހިމެނިގެން މިރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 16 ގޯތީގެ ތެރެއިން 14 ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. ވީމާ، ގޯއްޗަށް އެދި ހުށަހެޅުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި ކައުންސިލަށް ފޯމު ހުށަހެޅުން އެދެމެވެ. ގޯއްޗަށް އެދޭ ފޯމު ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައި މި ކައުންސިލުން ލިބެން ހުންނާނެއެވެ.
ގޯއްޗަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.
(ހ) ދިވެހިރައްޔިތަކު ކަމުގައިވުން
(ށ) އުމުރުން 18 އަހަރުވެފައިވުން
(ނ) ބަންޑާރަގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.
(ރ) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން.
(ބ) ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މި ބިން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރުދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
(ޅ) އެއްމެދު ޢިމާރާތުގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިނެތުން. ނުވަތަ މިފަދަ ތަނެއް އަމިއްލަނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރުދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
(ކ) ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެމައްޗަށް ރިޔާޢަތްކޮށް، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ ދެމަފިރިންނަށް ދެގޯތި ނުނެގޭނެ ގޮތެއް ބަލައި، އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް، ގެވަޅު ކޮމިޓީއަށް ފެނުން.
ގެވަޅަށް އެދި ހުށަހަޅާ ފަރާތްތަކަށް މާކްސްދޭނޭ އުސޫލާއި، ގެވަޅުދޫކުރާ ސަރަޙައްދުގެ ޗާޓު މި ކައުންސިލުގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.