އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުއްޔަށް ހިފަން ބޭނުންވެއްޖެ
އިޢުލާން
ކުއްޔަށްހިފަން ބޭނުންވެއްޖެ
މި ކުންފުނިން އިޢުލާންކުރި ބިޑް ނަންބަރު: AI/BID/2016/021 އަށް ޕްރޮޕޯސަލް ލިބިފައިވާ އަދަދު މަދުކަމަށްވާތީ، މި ބިޑް ކެންސަލްކޮށް އަލުން އިޢުލާން ކުރަމެވެ.
މާލޭގެ ރަނގަޅު ސަރަޙައްދަކުން މި ކުންފުނީގެ އޮފީހެއް ހިންގާނޭ ތަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
- ބޭނުންވާ ތަނުގެ ބޮޑުމިން: 5,000 – 6,000 އަކަފޫޓު (ގްރައުންޑް ފްލޯރ ހިމެނޭގޮތަށް)
- ސަރަޙައްދު: ސަރުކާރުގެ އޮފީސް އަދި ބޭންކް ފަދަ ތަންތަން ހުންނަ ސަރަޙައްދަކަށްވުން އަދި ޢިމާރާތަށް ބޮޑުމަގަކުން ވަދެވޭ ގޮތަށް ހުރުން
- ކުއްޔަށް ދޭ މުއްދަތު: މަދުވެގެން 05 އަހަރުދުވަސް
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތް ތަކުން 23 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް (އެސްޓީއޯ ޓްރޭޑް ސެންޓަރ 04 ވަނަ ފަންގިފިލާ) ވަޑައިގެން ތިރީގައި މިވާ މަޢުލޫމާތު ހިމެނޭ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
- ކުއްޔަށް ދޭ ތަނުގެ ތަފުސީލު (މަގު، ފަންގިފިލާ)
- ކުލި
- އެޑްވާންސް
- ކުއްޔަށް ދޫކުރެވޭނެ މުއްދަތު
- ފްލޯރ ޕްލޭން
އިވެލުއޭޝަން ކްރައިޓީރިއާ
- އަގު: %50
- ޢިމާރާތް ހުރި ސަރަޙައްދު: %50
އިތުރު މައުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ނަމަ 3304327 އަށް ގުޅުއްވުން އެދެމެވެ.
19 ޖޫން 2016
ހޯދާ