އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީހެއް ހިންގާނޭ ތަނެއް ކުއްޔަށް ހިފުމަށް
އިޢުލާން
ކުއްޔަށް ހިފަން ބޭނުންވެއްޖެ:
މާލޭގެ ރަނގަޅު ސަރަޙައްދަކުން މި ކުންފުނީގެ އޮފީހެއް ހިންގާނޭ ތަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
- ބޭނުންވާ އޮފީސް އޭރިއާ: 5,000 – 6,000 އަކަފޫޓު (ގްރައުންޑް ފްލޯރ ހިމެނޭގޮތަށް)
- ސަރަޙައްދު: ސަރުކާރުގެ އޮފީސް އަދި ބޭންކް ފަދަ ތަންތަން ހުންނަ ސަރަޙައްދަކަށްވުން. އަދި ބޮޑުމަގަކުން ޢިމާރާތަށް ވަދެވޭގޮތަށް ހުރުން
- ކުއްޔަށްދޭ މުއްދަތު: މަދުވެގެން 05 އަހަރު
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 22 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮފީހަށް (އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 04 ވަނަ ފަންގިފިލާ) ވަޑައިގެން ތިރީގައިމިވާ މަޢުލޫމާތު ހިމެނޭ ގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
- ކުއްޔަށް ދޭ ތަނުގެ ތަފުސީލު (މަގު، ފަންގިފިލާ)
- ކުލި
- އެޑްވާންސް
- ކުއްޔަށް ދޫކުރެވޭނެ މުއްދަތު
- ފްލޯރ ޕްލޭން
އިވެލުއޭޝަން ކްރައިޓީރިއާ
- އަގު: %50
- ޢިމާރާތް ހުރި ސަރަޙައްދު: %50
އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3304327 އަށް ގުޅުއްވުން އެދެމެވެ.
11 ރަމަޟާން 1437
16 ޖޫން 2016
ހޯދާ