ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ކައުންސިލަރ |
ރޭންކް: އެމް. އެސް 1 |
ބޭނުންވާ އަދަދު: 1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މުސާރަ: މަހަކު -/5610 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ |
ވަޒީފާގެ ގިންތި: ދާއިމީ |
|
މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނާއި ރަށް: މޮޅަދޫ ސްކޫލް/ ހއ. މޮޅަދޫ |
ވަޒީފާ އަދާކުރާ ސެކްޝަން: އެޑްމިން، މޮޅަދޫ ސްކޫލް |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - ކައުންސެލިންގ ޕްރޮގުރާމުތައް ރޭވުމާއި، އެ ޕްރޮގުރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑުތަކެއް ބެލެހެއްޓުން - ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުންސިލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގގެ ފޮލޯއަޕް ހެދުން. - ދަރިވަރުންގެ ނަފުސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން - ނަފުސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެދަރިވަރުންނަށް ފޯރުވައިދިނުން - ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން. |
|
މަޤާމުގެ ޝަރުޠު: 1. ކައުންސިލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. ކައުންސިލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ 3. ކައުންސިލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން: ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު ކުރުން އޮންނާނީ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައެވެ. ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު މޮޅަދޫ ސްކޫލުގެ އޮފީހުން އަދި ސިވިލް ސަރވިސް ސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ރ- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު) |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޮޅަދޫ ސްކޫލް އޮފީހަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖޫން 29 ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މޮޅަދޫ ސްކޫލުގެ ނަންބަރު 6500561 ފޯނަށް ގުޅުއްވުން އެދެމެވެ. 11 ރަމަޟާން 1437 |