ދިވެހިރާއްޖެ
ބިޑް ނަންބަރު: AI/BID/2016/029
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ކުންފުނިން އިޢުލާން ކުރި ބިޑް ނަންބަރު: AI/BID/2016/028 ގެ މަޢުލޫމާތު ސެޝަނަށް އެކަށީގެންވާ ވަރަށް ބޭފުޅުން ހާޒިރުވެފައިނުވާތީ، މި ބިޑް ކެންސަލްކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ކުންފުންޏަށް ތިރީގައި މިވާ ޚިދުމަތް ހޯދަން ބޭނުންވެއެވެ.
މި ކުންފުނީގެ އޮފީސް އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ 1 ވަނަ ފްލޯރ އިން އުމަރު ޝޮޕިންގ އާރކޭޑް ބިލްޑިންގއަށް ފައިބަރ އޮޕްޓިކް ކޭބަލް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިޚިދުމަތް ދޭން ޝައުޤުވެރިވާ ފަރާތްތަކުން 28 ޖޫން 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 04 ޖުލައި 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން މިކުންފުންޏަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
18 ރަމަޟާން 1437