ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ބޭނުންވާ ބައެއް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:
މި އިދާރާއަށް ބޭނުންވާ ތިރީގައި މިދަންނަވާ ފަރުނީޗަރު މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
10 އެގްޒެކްޓިވް ޗެއަރ (ހައިބެކް)
06 އެގްޒެކްޓިވް ޗެއަރ (މީޑިއަމް ބެކް)
02 އޮފީސް މޭޒު (އެއްކޮޅު ވަތްބަރިލީ)
02 ފައިލް ހަރު (ދެ ދޮރުފަތް ލީ)
02 ފައިލިންގ ކެބިނެޓް (3 ޑްރޯވަރގެ)
02 ބެންޗް ޗެއަރ (4 ޝީޓުގެ)
ވީމާ، އަމިއްލަ ޚަރަދުގައި މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 4 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބިޒްނަސް ރަޖިސްޓްރޭޝަނުގެ ކޮޕީއާއި، ބަދަލުގައި ހާޒިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅުއްވަން ޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މި ފުރުޞަތުގައި ހިތާމަޔާއެކު ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
18 ރަމަޟާން 1437