ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަގާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ރޭންކް: ޖީ. އެސް. 3 |
މުސާރަ: |
މަހަކު -/4465 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
|
އޮފީސް: |
ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު |
|
ތަޢުލީމާއި ތަޖުރިބާ: |
1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕޮރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕޮރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންކަން: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ޞިއްޙީ މަރުކަޒުގެ އިދާރީ މަސައްކަތާއި، ބަޖެޓުގެ މަސައްކަތް ކުރުން. 2. އާސަންދަ ސްކީމުގެ މަސައްކަތްތައް ހިނގަމުންދާގޮތްބަ ލައި، ލިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 3. މަސައްކަތު މީހުންނާއި، ކޭޝިއަރގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން. 4. ހިންގުމާ ހަވާލުވެވަޑައިގެން ހުންނަވާ ބޭފުޅަކު ޗުއްޓީ ނަންގަވާނަމަ، ވަގުތީގޮތުން މަރުކަޒު ހިންގުމާ ހަވާލުވުން. |
|
އާންމުކޮށް މަސައްކަތްކުރަން ހަމަޖެހިފައިވާ ރަށް: |
ގދ. ފަރެސްމާތޮޑާ |
|
އާންމުކޮށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގަޑި: |
ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް. |
|
ޢިނާޔަތްތައް: |
ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރިސްކް އެލަވަންސް |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ހަމަޔަށް މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.) 2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ. 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް) 5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރައްވާފައިވާ ލިޔުން. 6. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނާރުފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް (މި ލިޔުމުގައި، ފުރިހަމަކުރި ތަމްރީނާއި ތަމްރީންގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.) 7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.) |
|
ސުންގަޑި: |
2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒުގެ އޮފީހަށް. |
|
އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު: |
އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި، އިންޓަވިއު އޮންނަ ތަނާއި، ތާރީޚު އަންގާނެއެވެ. ނޯޓު: މި ވަޒީފާއަށް އެދޭ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 9554293 ނަންބަރު ފޯނަށް ނުވަތަ 6840097 ނަންބަރު ފޯނަށެވެ. |
|
28 ރަމަޟާން 1437 |