ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހަލާކުވެފައިވާ އިންޖީނުތަކެއް ނީލަން ކިޔުން

އިޢުލާން

އދ.ދިއްދޫ އިންޖީނުގޭގައި ހަލާކުވެފައި ހުރި 7 އިންޖީނު (އެކިވައްތަރުގެ އެކި ސައިޒުގެ) ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

މި އިންޖީނުތަކުގެ ނީލަން ފެށޭ އަގަކީ -/30,000 ރުފިޔާ (ތިރީސްހާސް ރުފިޔާ) އެވެ. މި އިންޖީނުތަކުގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/1,000 ރުފިޔާ (އެއް ހާސް ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އިންޖީނުތައް ބައްލަވައި، މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު -/15,000 ރ (ފަނަރަ ހާސް ރުފިޔާ) ޑިޕޮޒިޓް ދެއްކެވުމަށް ފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީ އަގު ބަންދުކޮށް 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ހާޒިރުވެ ދެއްވުން އެދެމެވެ. އަދި މި އިންޖީނުތަކުގެ ނީލަން ނިމޭތާ 7 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު އިންޖީނުތައް ގެންދަވަން ވާނެއެވެ. މި މުއްދަތުގައި އިންޖީނުތައް ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް އަލުން  އެ އިންޖީނުތައް ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެއެވެ. އަދި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކި ފައިސާވެސް ނުލިބޭނެއެވެ.

ނީލަމުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބުކުރެއްވި ފަރާތް ނޫން އެެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނީމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނާ) 7 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ޙަވާލު ކުރެވޭނެއެވެ. މި އިންޖީނުތައް ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން ނަންބަރު 7793503 ، 7915749 ފޯނާގުޅުވުން އެދެމެވެ.

11 ޖުލައި 2016
ހޯދާ