މަޤާމު އަދި ރޭންކު:
|
ޑިރެކްޓަރ (އީ.އެކްސް 1)
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޑިރެކްޓަރ
|
ބޭނުންވާ ޢަދަދު:
|
1 (އެކެއް)
|
މުސާރަ:
|
-/8835 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
މީޑިއާ ކައުންސިލް އެލަވަންސް:
|
މުސާރައިގެ 35 ޕަސެންޓް
|
އިތުރުގަޑި:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމު އޮތް އޮފީސް:
|
މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:
|
މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާޒް
|
ތަޢުލީމާއި ތަޖުރިބާ:
|
- ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ފައިނޭންސް ނުވަތަ ހިންގުމުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ކައުންސިލުގެ މަސައްކަތްތައް ހަލުވިކަމާއި އޮމާންކަމާއެކު ނަތީޖާ ބޮޑުގޮތެއްގައި ހިންގައި ބެލެހެއްޓުމަށްޓަކައި، ބޭނުންވާ މުވައްޒަފުންނާއި، އެހެނިހެން ވަސީލަތްތައް ހަމަޖައްސަވައި ބެލެހެއްޓުން.
- ދާއިރާގެ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ އަދަދާއި ފެންވަރު އެނގޭގޮތަށް) އެކުލަވާލައި މުވައްޒފުން ހޯދައި، އެމުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހާ ކަންތައް ބެލެހެއްޓުން.
- މުވައްޒަފުން ކުރިއެރުވުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއި އެއާ އެއްގޮތަށް ތަމްރީނާއި ހުނަރުތައް ލިބޭނޭގޮތްތައް ހޯދުން. އަދި މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދާ އެއްގޮތަށް މުވައްޒަފުންގެ ކަންތައްތަކާއި މަސައްކަތްތައް ބެހިފައިހުރިތޯ ބަލައި އެކަންކަން ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް ތަންފީޒުކުރުމާއި ކައުންސިލް މުވައްޒަފުން ޢަމަލުކުރާކަން ކަށަވަރުކުރުމާއި އެކަންކަމުގައި މުވައްޒަފުން އަހުލުވެރި ކުރުވުން.
- މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް އެކަންކަމަށް އިންސާފު ޤާއިމުކުރުން.
- މިކައުންސިލްގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ހެޔޮ ގޮތުގައިތޯ ބެލުން.
- ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުވުމާއި، ފޮނުވުމާއި، ފައިސާއާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ފައިސާ ބަޖެޓުން ޚަރަދުކުރުމާއި އަދި މިނޫންވެސް ފައިސާއާބެހޭ އެންމެހާ މުޢާމަލާތުތައް ހިނގަމުންދަނީ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމާއި ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރާވައި ހިންގުން.
- ކޮންމެ އަހަރަކު ކުރިއަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ކަމާބެހޭ މުވައްޒަފުންގެ ޒިންމާގެ ދަށުން، މުދަލާއި ފައިސާ އަދި އެހެނިހެން ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ހިފޭނޭގޮތަށް ރާވައި އިޞްލާޙުކުރުން.
- ކައުންސިޕލް ތަމްސީލުކުރަންޖެހޭ އެކިއެކި ޖަލްސާތަކާއި ސެމިނަރ ވާރކްޝޮޕް ފަދަ ކަންކަމުގައި ބައިވެރިވުން. އަދި ކުއްލިއަކަށް ކުރަންޖެހޭ ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވެ ދިނުން.
- މީޑިއާ ކައުންސިލުގެ މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމަށް އެންމެފުރިހަމަގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
|
މި މަޤާމުތަކަށް މީހުން ހޮވުމުގައި ބެލޭނެ މައިގަނޑު ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން
- އިމްތިޙާނު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
ފޯމު ފޮނުވަންވީ ތާރީޚާއި ތަން:
|
2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2016 އޮގަސްޓު 07 އިން 18 އާ ދެމެދު މިކައުންސިލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޤާމަށް އެދޭ ފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ފޯން ނަންބަރު: 3003886 އާ ގުޅުއްވުން އެދެމެވެ.
|
05 ޝައްވާލް 1437
|