ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޖަމާޢަތުގެ ޚަބަރު ޗާޕުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

އިޢުލާން

މި އިންސްޓިޓިއުޓަށް 2016 ވަނަ އަހަރުގެ ޖަމާޢަތުގެ ޚަބަރު ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެގެން ކުރި ނަންބަރު: (IUL)451-FP/1/2016/2 އިޢުލާނުން މަސައްކަތް ހަވާލުކުރި ފަރާތަށް އެ މަސައްކަތް ކޮށްދެވެން ނެތްކަން އަންގާފައިވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގގެ 2 ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޖުލައި 18 ވަނަ ދުވަހުގެ 11:00 އަށް

2016 ޖުލައި 21 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3012369 ނަންބަރު ފޯނާއެވެ.

07 ޝައްވާލް 1437

12 ޖުލައި 2016
ހޯދާ