ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު، ގދ. ފަރެސްމާތޮޑާ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ޑްރައިވަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް. އެސް. 2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރިސްކް އެލަވަންސާއި، ބަންދުދުވަހުގެ އެލަވަންސް.

އޮފީސް:

ގދ. ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު

ތަޢުލީމާއި ތަޖުރިބާ:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރައްވާ B1 ކެޓަގެރީގެ ލައިސަންސް ހާސިލުކޮށްފައިވުމާއެކު، ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ޞިއްޙީ މަރުކަޒަށް އިމަރޖެންސީގައި ގެންނަންޖެހޭ ބަލިމީހުން ގެނައުމާއި، އެމްބިއުލާންސްގެ ޚިދުމަތް ދޭންޖެހޭފަދަ އެނޫން ބަލިމީހުން ގެނައުމާއި، ގެންދިއުން.

2. އޮފީހުން އަންގާ ގޮތެއްގެ މަތިން އެމްބިއުލާންސުން ކުރަންޖެހޭ ދަތުރުތައް ކުރުން.

3. އެމްބިއުލާންސް ސާފުތާހިރުކޮށް ގެންގުޅުމާއި، މަރާމާތުކޮށް ބެލެހެއްޓުން.

އާންކޮށް މަސައްކަތްކުރަން ހަމަޖެހިފައިވާ ރަށް:

ގދ. ފަރެސްމާތޮޑާ

މަސައްކަތްކުރަން ހަމަޖެހިފައިވާ ގަޑި:

ޝިފްޓު އުޞޫލުން މި މަރުކަޒުން ކަނޑައަޅާ ގަޑިތަކުގައި (ޝިފްޓެއްގައި 7 ގަޑިއިރު ނުވަތަ 8 ގަޑިއިރު)

 

 

 

 

ހުޅަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 14:00 އާ ހަމަޔަށް މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް)

5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

6. ވަޒީފާގެ ދާއިރާއާ ގުޅޭ ތަމްރީން (ކުރު މުއްދަތުގެ ކޯސް، ވާރކްޝޮޕް، ސެމިނަރ) ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް (މި ލިޔުމުގައި، ފުރިހަމަކުރި ތަމްރީނާއި ތަމްރީނުގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.)

7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.) 

 

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު:

ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒުގައި، އިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އިންޓަވިއު އޮންނަ ތާރީޚެއް އެންގޭނެވެ.

ނޯޓު: މި ވަޒީފާއަށް އެދޭ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:

2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒުގެ އޮފީހަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 9554293 ނަންބަރު ފޯނަށް ނުވަތަ 6840097 ނަންބަރު ފޯނަށެވެ.

 9 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ