ދިވެހިރާއްޖެ
އިޢުލާން
ބީލަމަށް ހުޅުވާލުން:
މި ކުންފުނީގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެމްޓީސީސީ ގެ ދަތުރުފަތުރުގެ ނިޒާމުގައި ހިމެނޭ ބައެއް ފެރީގިމަތަ ފަރުމާކުރުމަށް ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި މަޝްރޫޢުގެ މަޢުލޫމާތު ބޭނުންވެލައްވާކަން ބަޔާންކޮށް info@mreic.com.mv އަށް އީމެއިލް ކުރެއްވުމުން މި ޕްރޮޖެކްޓާ ގުޅޭ މަޢުލޫމާތު އަދި ބީލަން ހުށަހަޅުއްވަންވީ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 14:00 ގައެވެ. ބީލަން ހުށަހަޅުއްވަންވާނީ، ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް އަދި އެއްފަރާތަކުން އެއް ބީލަމަށްވުރެ ގިނަ ބީލަން ހުށަހަޅާފައިވާނަމަ އެފަދަ ބީލަންތައް ބާޠިލުކުރެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެބައްދަލުވުމުގައެވެ.
ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 3001215 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
28 ޝައްވާލް 1437