މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިޓްޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޤަބުރުސްތާނުގައި ލައިޓްޖެހުން:

މި ކައުންސިލުން ދައްކާ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު ޤަބުރުސްތާނުގައި ލައިޓްޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 14 ވާ އާދީއްތަދުވަހުގެ 13:30 އަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

28 ޝައްވާލް 1437

02 އޮގަސްޓް 2016
ހޯދާ