ދިވެހިރާއްޖެ
ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު
ޑިޒާސްޓަރ މެނޭޖްމަންޓް ފޯކަލް ޕޮއިންޓުންގެ އޮރިއެންޓޭޝަން ޕެކް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާ ގުޅިގެން ހިންގަމުންދާ ޕްރޮޖެކްޓުގެ ދަށުން، އަތޮޅު، ސިޓީ އަދި ރަށު ކައުންސިލުތަކުގެ ޑިޒާސްޓަރ މެނޭޖްމަންޓް ފޯކަލް ޕޮއިންޓްތަކުގެ އޮރިއެންޓޭޝަން ޕެކޭޖް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ކުރަންޖެހޭ މަސައްކަތްތައް
* މި ސެންޓަރުން ދޭ މަޢުލޫމާތާއި އިރުޝާދުގެ ދަށުން މި ޕެކޭޖުގައި ހިމެނޭ މަޢުލޫމާތުތައް ފަސޭހަކަމާއެކު މީހުންނަށް ދޭހަވާނޭ ފަދަ ގޮތަކަށް ފަރުމާކުރުން
* އޮރިއެންޓޭޝަން ޕެކޭޖުގައި ހިމެނޭ މަޢުލޫމާތުތައް ފަސޭހަކަމާއެކު ދައްކުވައިދޭނެ ކުރެހުންތައް ފަރުމާކުރުން
* އޮރިއެންޓޭޝަން ޕެކޭޖުގެ ތީމު ޑިޒައިން ކުރުން.
* އޮރިއެންޓޭޝަން ޕެކޭޖް ޕްރިންޓްކުރުމުގައި ދިމާވެދާނެ އެކިއެކި ފަންނީ މައްސަލަތައް ހައްލުކޮށްދިނުން.
* މަސައްކަތް ނިމުމުން އޮރިއެންޓޭޝަން ޕެކޭޖުގެ ސޮފްޓް ކޮޕީ ސީޑީ އެއްގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާ ހަވާލުކުރުން. ސޮފްޓްކޮޕީ ހަވާލުކުރާނީ އެޑޯބް އިލަސްޓްރޭޓަރ ފޯމެޓް އަދި ޕީޑީއެފް ފޯމެޓްގައެވެ.
މަސައްކަތުގެ މުއްދަތު
މި މަސައްކަތަށް ހުށަހެޅިފައިވާ މުއްދަތަކީ މަސައްކަތް ހަވާލުކުރެވޭ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެކެވެ.
މަސައްކަތް
ހުށަހަޅަންޖެހޭ ތަކެތި
- މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު އަދި ޑިޒައިނަރގެ ޕޯޓްފޯލިއޯ
- މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކުން ލިބިފައިވާ ރިފަރެންސް ލެޓަރ
- މަސައްކަތުގެ އަގު
މަސައްކަތް ހަވާލުކުރުން
މި މަސައްކަތަށް އެންމެ ޤާބިލު ފަރާތް ހޮވާއިރު ބެލޭނީ އަންނަނިވި މިންގަނޑަށެވެ.
ޕޯޓްފޯލިއޯ/ ތަޖުރިބާ - %50
ލިބިފައިވާ ރިފަރެންސް ލެޓަރ - %20
މަސައްކަތު އަގު - %30
ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑި
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 30 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަން ވާނެއެވެ. މަސައްކަތާބެހޭ އިތުރު މަޢުލޫމާތު (ޑީޓެއިލްޑް ޓާރމްސް އޮފް ރިފަރެންސް) މި ސެންޓަރުގެ ވެބްސައިޓް www.ndmc.gov.mv އިން ލިބެން ހުންނާނެއެވެ.