އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ރަސްދޫ ހުދާ މިސްކިތުގައި އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލުން ހަތަރުވަނަ ފަހަރަށް ކުރި ނަންބަރު: (IUL)340/340/2016/52 (7 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހެޅުމެއް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އއ. ރަސްދޫ ހުދާ މިސްކިތުގައި މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އޭ.ސީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 1 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

22 އޮގަސްޓް 2016
ހޯދާ