ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމެއް ގަތުމަށް

އިޢުލާން

ސައުންޑް ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ:

މި ސްކޫލަށް ސައުންޑް ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މި ސްކޫލުގެ ނަންބަރު (IUL)GS-59-B/PRIV/2016/26 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، ސައުންޑް ސިސްޓަމް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 11:15 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 13:45 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވާނަމަ، 6540540 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

21 ޛުލްޤަޢިދާ 1437

24 އޮގަސްޓް 2016
ހޯދާ