މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާ ނީލަމުގައި ވިއްކާލުން

ރާއްޖެއަށް މުދާ އެތެރެކޮށް، ނުގެންދަވައި ގިނަދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: (ތަފުސީލު އެޓޭޗް ލިސްޓުގައި)
  2. ނީލަން ކިޔުން އޮންނަ ތަން: ސަރވިސް ބިލްޑިންގގެ މީޓިންގރޫމް-2 ގައި
  3. ނީލަން ކިޔަން ފެށުން: 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 16:00 ން ފެށިގެން.
  4. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމެންޓުގައި ނަން ނޯޓްކުރާ ފަރާތްތަކަށެވެ. ނަން ނޯޓްކުރައްވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  5. ނީލަން ކިޔާ މުދާ ބެލުން: 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހު އަދި 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 09:30 ން 11:30 އަށް
  • ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި، ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރ ކުރަން ބޭނުންވާ ވަސީލަތްތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން މިކުންފުނިން ފޯރުކޮށްދެވޭނެއެވެ.
  • ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެމުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  • ނީލަން ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ހަވާލުވާން ވާނެއެވެ.
  • ނީލަން ނިމޭ އަގުން %6 ޖީއެސްޓީ ގޮތުގައި ނެގޭނެއެވެ.   

ނީލަން ނިމޭ އަގު

ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު

-/500

ރުފިޔާ

އާ ހަމައަށް އަގުގެ

100%

-/501 – -/1,000

ރުފިޔާ

އާ ހަމައަށް އަގުގެ

25%

-/1,001 – -/10,000

ރުފިޔާ

އާ ހަމައަށް އަގުގެ

15%

-/10,001

ރުފިޔާ

އިން ފެށިގެން މައްޗަށް އަގުގެ

10%

  • މުދާ ދޫކުރެވޭނީ މިކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މިކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މިކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
  • ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ، ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި އެފަދަ ފަރާތަކަށް މިކުންފުނިން ބާއްވާ އެހެން ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާޠިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
  • ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖު ނަގާނީ މިކުންފުނީގެ ސްޓޯރޭޖް ފީއާބެހޭ ގަވާއިދުގެ މަތިންނެވެ.
  • ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާ އާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓުގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑް ނުކުރެވޭނެއެވެ.
  • ނީލަމާބެހޭ މަޢުލޫމާތު މިކުންފުނީގެ ވެބްސައިޓު (www.port.com.mv) އިން ލިބިވަޑައިގަންނަވާނެއެވެ.

3 ޛުލްޙިއްޖާ 1437

04 ސެޕްޓެންބަރު 2016
ހޯދާ