ދިވެހިރާއްޖެ
އިޢުލާން
އެމްޓީސީސީގެ ފެރީ ނިޒާމުގެ މާލެ - ހުޅުމާލެ ސެކްޓަރަށް، މި ކުންފުނިން ދޭ މިންގަނޑުތަކަށް ފެތޭ، ދިގުމިނުގައި 80 ފޫޓާއި 85 ފޫޓު އަދި ފުޅާމިނުގައި 27 ފޫޓާއި 29 ފޫޓާ ދެމެދުގެ 1 ދޯނި ޑްރައިވަރާއި ފަޅުވެރިންނާއެކު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 2016 އޮކްޓޫބަރު 3 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީސް 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް) އަށް، އަންދާސީހިސާބު ސިޓީއުރައެއްގައި ބަންދުކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.