ދިވެހިރާއްޖެ
އިޢުލާން |
||||||||||||
އަންދާސީހިސާބު ބޭނުންވެއްޖެ މި އެޖެންސީގެ ބޭނުމަށް 120 އަކަފޫޓާއި 180 ފޫޓާ ދެމެދުގެ ގުދަނެއް 2 (ދޭއް) އަހަރުދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2016/64 (28 އޮގަސްޓު 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް އެއްވެސް ފަރާތަކުން ވަޑައިނުގަންނަވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
27 ޛުލްޙިއްޖާ 1437 |