މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި އިދާރާގެ ނަންބަރު: (IUL)321-A/321/2016/97 (20 ސެޕްޓެންބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ބ. ތުޅާދޫގެ މިސްކިތްތައް މަރާމާތުކުރުމަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މަސްޖިދުއްސަޢާދާގައި ކުރަންހުރި މަރާމާތުތައް

  1. ޚަތިމް ބަހައްޓާ 3 ކަބަޑު ހެދުން.
  2. ވަޅުގެ މަތިގަނޑު ހެދުން.
  3. 4 ފާޚާނާގެ ޝަވަރތައް ބަދަލުކުރުން.
  4. 3 ދޮރޯށީގެ ގްލޯބް ބަދަލުކުރުން.
  5. 4 ފާޚާނާގެ ތަށި ގުޑާފައި ހުރުމުން ހަރުކުރުން.

މަސްޖިދުލްޣިޔާޡުއްދީނުގައި ކުރަންހުރި މަރާމާތުތައް

  1. މިންބަރުގެ ކާޕެޓް ބަދަލުކުރުން.
  2. މިސްކިތުގެ ނަންބޯޑު ހެދުން.
  3. 1 ދޮރުފަތް މަރާމާތުކުރުން. (އުސްބައިގެ)
  4. ވަޅުދޮށުގައި ތަޅުން އެޅުން.

މަސްޖިދުއްރަޙުމާނުގައި ކުރަންހުރި މަރާމާތުތައް

  1. ފާޚާނާގެ ފުރާޅުގެ ފެންފަށް ބަދަލުކުރުން.
  2. ފާރުތަކުގައި ކަނޑައިގެން ގޮސްފައިހުރި ތަންތަން ބެއްދުން.
  3. 8 ކުޑަދޮރުފަތުގެ ހުޅާއި ތަންޑު ބަދަލުކުރުން.
  4. މިސްކިތުގެ އަރިމަތީގައިވާ ނަލަފިލާ ބަދަލުކުރުން.
  5. މިސްކިތާއި ފާޚާނާއާ ދެމެދުގައިވާ ތަޅުންގަނޑު އެޅުން.

މަސްޖިދުއްޞިރާޠުގައި ކުރަންހުރި މަރާމާތުތައް

  1. ފާޚާނާގެ ޝަވަރ ބަދަލުކުރުން.
  2. ސީލިންގާއި ބެރިން ކަނޑައިގެން ގޮސްފައިވާ ތަންތަން މަރާމާތުކުރުން.
  3. ގުދަނުގެ ދޮރުގެ ތަޅު ބަދަލުކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 4 ވާ އަންގާރަދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 11 ވާ އަންގާރ ދުވަހުގެ 11:00 މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "މިސްކިތްތައް މަރާމާތު ކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިންރޫމުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

26 ޛުލްޙިއްޖާ 1437

27 ސެޕްޓެންބަރު 2016
ހޯދާ