މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސޯޝަލް މީޑިޔާ އެނަލައިޒްކުރާ ސިސްޓަމް ހޯދުމަށް
އިޢުލާން
ސޯޝަލް މީޑިޔާ އެނަލައިޒްކުރާ ސިސްޓަމެ ހޯދުމަށް މި މިނިސްޓްރީން ކުރެވުނު ނަންބަރު: (IUL)459-A/1/2016/167 އިޢުލާން ބާޠިލުކޮށް މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮކްޓޫބަރު 06 ވާ ބުރާސްފަތި ދުވަހު 11:30 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 13 ވާ ބުރާސްފަތިދުވަހު 10:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
28 ޛުލްޙިއްޖާ 1437
29 ސެޕްޓެންބަރު 2016
ހޯދާ