ދިވެހިރާއްޖެ
އިޢުލާން
މިއަހަރުގެ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާއަށް ތިރީގައި މިދަންނަވާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ދަރުބާރުގޭގައި ހިނގަމުންދާ ޖަލްސާގެ ޕްރޮޖެކްޝަން ހެދުން
- ދަރުބާރުގޭގެ އެތެރެއާއި ބޭރު ދިއްލައި ޒީނަތްތެރިކުރުން
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 18 ވާ އަންގާރަދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
8 މުޙައްރަމް 1438