ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މި ކުންފުނީގެ ބޭނުމަށް ހުޅުމާލެއިން ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ވީމާ، ގުދަނެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 18 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުމާލެ ހޮސްޕިޓަލުގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާނަމައެވެ.
- ކުއްޔަށް ދޭ ގުދަން 800 (އަށް ސަތޭކަ) އަކަފޫޓަށްވުރެ ކުޑަނުވުން
- 24000 BTU ގެ 2 (ދެ) އިންވާޓަރ އޭސީ ހުރުން
- ކުއްޔަށް ދޭ ގުދަން، ބައިބަޔަށް ބެހިފައި ނުވުން
- ކުއްޔަށް ދޭ ގުދަން، އިމާރަތުގެ އެންމެ ތިރީގައި ހުރުން
- ކުއްޔަށް ދޭ މުއްދަތަކީ މަދުވެގެން 5 (ފަސް) އަހަރުދުވަސް ކަމުގައިވުން
ހުށަހަޅަންޖެހޭ ތަކެތި:
- ތަނުގެ ކުރެހުން (އަކަފޫޓުން، މިންތައް އެނގޭނޭގޮތަށް)
- ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
އަގު ހުށަހަޅާއިރު ހިމަނަންޖެހޭ ބައިތައް
- މަސްދުވަހުގެ ކުލި
- އެޑްވާންސް ގޮތުގައި ދައްކަންޖެހޭ އަދަދު
ކުންފުންޏަށް ލިބޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރާނެ މިންގަނޑު
# |
ތަފުސީލު |
މާކްސް |
1 |
ކުލި |
60 |
2 |
އެޑްވާންސް ލާރި ނަގާ މިންވަރު |
20 |
3 |
ގުދަނުގެ ބޮޑުމިން |
20 |
ޖުމުލަ |
100 |
ޕްރޮކިޔުމެންޓް ޔުނިޓް
ހުޅުމާލެ ހޮސްޕިޓަލް، ހުވަނދުމާ ހިނގުން، ހުޅުމާލެ، ދިވެހިރާއްޖެ
އީމެއިލް: hmhworks@aasandha.mv
ވެބްސައިޓް: www.hmh.gov.mv
ފޯން: 3011440 960+
ފެކްސް: 3013636 960+