ދިވެހިރާއްޖެ
އިޢުލާން
އޮފީސްގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެެއް ހޯދަން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސަރވިސްއަށް 25 އޮފީސްގޮނޑި(އަތްގަނޑުލީ) ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު MMS-A/2015/46 އިޢުލާނާ ގުޅިގެން ތިން ފަރާތަކުން ބިޑް ހުށަހަޅަން ހާޒިރުވެފައިނުވާތީ، އަލުން އިޢުލާން ކުރަން ނިންމިއެވެ.
ވީމާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް މިތަކެތި ބިލްކުރާގޮތަށް ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ ހެނދުނު 13:00 އަށް ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތުޝީޓު
- ގޮނޑީގެ އަދަދު: 25 އޮފީސްގޮނޑި އަތްގަނޑުލީ (ލެދަރ، ލޯބެކް)
- ގޮނޑިތައް ހުޅުލެއަށް ގެނެސް މި ސަރވިސްއާ ހަވާލުކުރުން.
އަންދާސީހިސާބު ހުށަހެޅުއްވުގައި ސަމާލުކަންދޭންވީ ކަންތައްތައް:
- ތަކެތި ގެނައުމަށް ނަގާ އަގު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
- އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ގޮނޑިއަކަށް ޖެހޭ ރޭޓާއި ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
- ޑެލިވަރީ ކޮށްދެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
- ތައްޔާރުކުރާ އަންދާސީހިސާބަށް 2 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
- މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެތަކެތި އަގަކާނުލައި ރިޕްލޭސް ކޮށްދެއްވަންވާނެއެވެ.
- އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.
- ކުންފުނީގެ ޕްރޮފައިލް
- ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު
- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
- ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، mms@meteorology.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.
ބިޑް އިވެލުއޭޝަން ކްރައިޓީރިއާ
ތަފުސީލު |
ޕޮއިންޓް |
|
75 |
|
15 |
|
10 |
ހުށަހެޅޭ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވޭނެ ގޮތްތައް:
- ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
- ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
- އަންދާސީހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
- އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓު ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.
15 މުޙައްރަމް 1438