ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާން

ފ. އަތޮޅު މަދަރުސާގައި ޢިމާރާތްކުރުމަށް ފަށާފައިވާ 6 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ފ. އަތޮޅު މަދަރުސާގައި ޢިމާރާތްކުރުމަށް ފަށާފައިވާ 6 ކުލާސްރޫމްގެ (2 ބުރި ޢިމާރާތުގެ) ނުނިމިހުރި މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ފ. އަތޮޅު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ

* މަޢުލޫމާތު ސާފުކުރުން: 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 13:00 ގައި.

* ޕްރީބިޑް މީޓިންގ: 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި.

* އަންދާސީހިސާބު ހުށަހެޅުން: 2016 ނޮވެންބަރު 22 ވާ އަންގާރަދުވަހުގެ 13:00ގައި.

އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7952910 ނަންބަރު ފޯނާއެވެ.

20 އޮކްޓޫބަރު 2016
ހޯދާ