ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި އެޖެންސީއަށް 12 އަކަފޫޓާއި 180 ފޫޓާ ދެމެދުގެ ގުދަނެއް 2 (ދޭއް) އަހަރުދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)434-A/1/2016/64 (28 އޮގަސްޓު 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތުގެ ޝަރުޠު ހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރެއްވުން |
1 ނޮވެންބަރު 2016 |
އަންގާރަ |
12:00 (މެންދުރު) |
އަންދާސީހިސާބު ހުށަހެޅުއްވުން |
8 ނޮވެންބަރު 2016 |
އަންގާރަ |
13:00 |
24 މުޙައްރަމް 1438