ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.
މަޤާމް: |
ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ |
||
އޮފީސް: |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ރޭންކް: MS2 |
މުސާރަ: |
މަހަކު -/6295 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
||
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
||
މަސައްކަތް ކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ / ޗައިލްޑް ރައިޓްސް ޕްރޮމޯޝަން ސެކްޝަން |
||
ތަޢުލީމާއި ތަޖުރިބާ: |
1. ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން. ނުވަތަ؛ 2. ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ބޭނުންވާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ރާވައި ހިންގުން. 2. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މިނިސްޓްރީން ދެމުންދާ ޚިދުމަތްތަކާ ބެހޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ބޭނުންވާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ރާވައި ހިންގުން. 3. ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި، އެކަމާބެހޭ އެންމެހައި ކަންތައްތައް ރާވައި، އެކަންތައްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން. 4. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤައުމީ ނިޒާމް ޤާއިމްކުރުމާއި، އެ ނިޒާމުގެ މަސައްކަތްތައް ވިލަރެސްކޮށް، އެ މަސައްކަތްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 5. ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުގެ ދާއިރާއިން ކުރަންޖެހޭ ކަންކަން، ކަމާބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން. 6. ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި އަމިއްލަ ޖަމްޢިއްޔާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން، ކަމާބެހޭ ފަރާތްތަކާ ވިލަރެސްކޮށްގެން ކުރުން. 7. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އެ ޙައްޤުތަކަށް ހުރަސްއެޅޭ އައު މައްސަލަތައް (އިމަރޖިން އިޝޫތައް) ދެނެގަނެ، އެ މައްސަލަތައް ޙައްލުކުރުމަށް، މިނިސްޓްރީގެ ތެރެއިން ކަމާބެހޭ ޑިވިޜަން/ސެކްޝަންތަކާއި ކަމާބެހޭ އެނޫން ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން. 8. ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން ރައްކާތެރިކަން ފޯރުކޮށްދީ ބަލަހައްޓަންޖެހޭ ކުޑަކުދިންނަށް ބޭނުންވާ ޕްރޮގްރާމްތައް، މިނިސްޓްރީގެ ޑިވިޜަން/ސެކްޝަންތަކާއި އަމިއްލަ ޖަމާޢަތްތަކާ ގުޅިގެން ހިންގޭނެ އިންތިޒާމެއް ހަމަޖައްސައި، މިކަންކަން ހިނގާނުހިނގާގޮތް ބެލެހެއްޓުން. 9. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުން ކުރާ މިފަދަ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެފަރާތްތަކާއެކު މަސައްކަތް ކުރުން. 10. މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން އަޚްލާޤީ މައްސަލަތައް ހުންނަ ކުދިން، ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގައި ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިކޮށްގެން، އެކުދިންނަށް ބޭނުންވާ ރިހެބިލިޓޭޝަނާއި، ތަޢުލީމާއި، ތަމްރީނާއި ތަރުބިއްޔަތު ދިނުމުގައި މިނިސްޓްރީގެ ޑިވިޜަން/ސެކްޝަންތަކާ ގުޅިގެން މަސައްކަތްކުރުން. 11. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމާޢަތްތަކުން ލަފައާއި އެހީ ހޯދުމާއި، މި ދާއިރާއިން ރާއްޖެއަށް ފައިދާކުރުވަނިވި ކަންކަމުގައި އެ ޖަމާޢަތްތަކާ ގުޅުން ބަދަހިކުރުން. 12. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ގަވާއިދުތަކާއި އެއްބަސްވުންތަކުގައި ހިމެނޭ މަސައްކަތް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، މިނިސްޓްރީގެ ޑިވިޜަން/ސެކްޝަންތަކާ ގުޅިގެން ކުރުން. 13. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާތަކާއެކު ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ބައްދަލުވުންތަކުގެ ނިންމުން ތަންފީޒުކުރުމާއި، މިނޫންވެސް ކުރަންޖެހޭ އެންމެހައި ކަންތައްތައް މިނިސްޓްރީގެ ޑިވިޜަން/ސެކްޝަންތަކާ ގުޅިގެން ކުރުން. 14. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއާ ގުޅުންހުރި އެކިއެކި ދިރާސާތައް ކުރުމަށް މިނިސްޓްރީގެ ކަމާބެހޭ ޑިވިޜަން/ސެކްޝަންތަކަށް އެހީތެރިވެދިނުން. 15. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މިނިސްޓްރީގެ ދަށުން ހިނގާ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުތަކުން ހިންގާނެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް ކަނޑައަޅައި، އެ ފަރާތްތަކާ ގުޅިގެން އެ މަސައްކަތްތައް ކުރުން. 16. ކުޑަކުދިންނާ ގުޅޭ އެކިއެކި މަސައްކަތްތައް ހިންގާ، އިޖުތިމާޢީ ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހިންގުން. 17. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ޚާއްޞަ އުސޫލަކުން ޢަމަލުކުރުމުގެ ޤާނޫނުގައިވާ ކުށްވެރިންގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން. 18. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތެއް ކުރުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.) 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު ކޮޕީއެއް. 5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 6. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު (މަޤާމާއި ރޭންކް) އެނގޭނޭ ލިޔުމެއް. 8. ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. |
||
ސުންގަޑި: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ، 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:30 އެވެ. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނީ، 2016 ނޮވެންބަރުމަހާއި ޑިސެންބަރުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. - ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ. |
||
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން: |
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް. - ދިވެހިބަހާއި އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 3027521 ނަންބަރު ފޯނަށެވެ. |
||
2 ޞަފަރު 1438 |