ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް އެކައުންޓްސް އޮފިސަރ |
||
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
|
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މުސާރަ: މަހަކު -/4،465 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ |
|
ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ޔުނިޓް / ތަން: |
މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ފައިނޭންސް / މާލެ |
|
އަސާސީ ޝަރުޠު: |
1. އެކައުންޓިންގ/ ކޯޕަރޭޓް ފައިނޭންސް/ ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ/ ކޯޕަރޭޓް ފައިނޭންސް/ ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން. |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. ބިލްތަކަށް ފައިސާދެއްކުމަށްޓަކައި ބަޖެޓުގެ އައިޓަމްތަކުން ފައިސާ ކެނޑުމަށްފަހު، ސިސްޓަމުން ބަޖެޓް އައިޓަމްތައް ބާކީކުރުން. 2. މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރުމަށް ލިބޭ ފައިސާގެ ބިލްތައް ބަލައިގަނެ، ބަޖެޓް ސެކްޝަނުން ސިސްޓަމަށް އެންޓަރކުރުން. 3. ބިލްތަކަށް ފައިސާ ދެއްކުމުގެކުރިން ވެރިއަކަށް ދައްކައި، ބިލްތައް އެޕުރޫވްކުރުން. 4. ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ހޯދައި، ލިޔުންތައް ހަމަކުރުން. 5. ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ފިނޭންސް މިނިސްޓްރީން ދެއްވާފައިވާ ފޯމެޓުގައި ވައުޗަރ ތައްޔާރުކޮށް، ވައުޗަރތަކާއި ލިޔެކިޔުންތައް ޗެކްކުރުމަށްފަހު، ސޮއިކުރުމަށް ވެރިއެއްގެ އަރިހަށް ގެންދިއުން. 6. މިނިސްޓްރީއަށް އާމްދަނީގެގޮތުގައި އެ ދުވަހަކު ލިބޭ ހުރިހާ ފައިސާއެއް ދުވަހު ފޮތަށް ނަގައި، ހިސާބު ދިމާކުރުން. 7. މިނިސްޓްރީން ކޮންމެ މަހެއްގެ ނިޔަލަށް ބަޖެޓުން ޚަރަދުކުރާ ފައިސާގެ މަސްދުވަހުގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ ބަންދުނޫން ފުރަތަމަ 5 ދުވަހުގެ ކުރިން އޯޑިޓް އޮފީހަށް ކޮޕީކޮށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވައި، ރިޕޯޓުގެ ކޮޕީ ފައިލްކުރުން. 8. ޖުވެނިއަލް ޖަސްޓިސް ޔުނިޓުގެ ކޮންމެ މަހެއްގެ ނިޔަލަށް ބަޖެޓުން ޚަރަދުކުރާ ފައިސާގެ މަސްދުވަހުގެ ޚަރަދު ރިޕޯޓް ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ ބަންދުނޫން ފުރަތަމަ 5 ދުވަހުގެ ކުރިން އޯޑިޓް އޮފީހަށް ކޮޕީކޮށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވައި، ރިޕޯޓުގެ ކޮޕީ ފައިލްކުރުން. 9. މިނިސްޓްރީގެ ކުރިއަށްއޮތް އަހަރުގެ ބަޖެޓް ތައްޔާރުކުރުމަށްޓަކައި އެކި ސެކްޝަންތަކުން ހޯދަން ބޭނުންވާ ފައިސާގެ ތަފްޞީލްތައް ހޯދައިދީ، މިނިސްޓްރީގެ ބަޖެޓް ތައްޔާރުކުރުމަށް އެހީތެރިވުން. 10. ޖުވެނައިލް ޖަސްޓިސް ޔުނިޓުން ފޮނުވާ ބޭރުގެ އެހީގެ ޗެކްތައް، ބަޖެޓް ސެކްޝަނަށް ލިބުމުން، ފިނޭންސް މިނިސްޓްރީއަށް ފޮނުވައި، އެ ޗެކް އެމް.މް.އޭއަށް ޖަމާވޭތޯ ފޯނުން ގުޅައިގެން ޗެކްކޮށް ބެލުން. 11. ސެކްޝަން މުވައްޒަފަކު ނެތް ހާލަތެއްގައި ވެރިން ވިދާޅުވާ ގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތް ކުރުން. 12. އޮފީސް ހުޅުވައި ލެއްޕުމަށް ހަވާލުކުރެވޭ ދުވަސްތަކުގައި އޮފީސް ހުޅުވައި ލެއްޕުން. 13. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީނު. 2. މަސައްކަތުގެ ތަޖުރިބާ. 3. އިންޓަވިއުއާއި ޕްރެކްޓިކަލް |
|
އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން: |
- މި މަޤާމަށް މީހަކު ހޮވުމަށް ދެވޭ ޕްރެކްޓިކަލްއާއި، އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރު 22 ވަނަ ދުވަހާއި 2016 ޑިސެންބަރު 15 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) ގައި. - މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. - މަޤާމަށް އެދޭ ފަރާތްތަކުގެ ތެރެއިން މަޤާމުގެ އަސާސީ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް / އިމްތިޙާނު ކަރުދާހެއް ދެވޭނެއެވެ. އަދި މަސައްކަތު ތިން ދުވަސް ކުރިން، ޕްރެކްޓިކަލްއަށް ހާޒިރުވުމަށް އަންގާ ސްލިޕް، އެ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް މެއިލްކުރެވޭނެއެވެ. - ޕްރެކްޓިކަލްއާއި އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. |
|
ހުށަހަޅަންޖެހޭ ތަކެތި: |
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި މިނިސްޓްރީގެ www.homeaffairs.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2016 ނޮވެންބަރު 16 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް. |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3313325 ނަންބަރު ފޯނަށް، ނުވަތަ 3323820 ނަންބަރު ފޯނަށެވެ. |
|
6 ޞަފަރު 1438 |