ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭ

މި މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމުގެ އެއްބަސްވުމުގެ މުއްދަތު 2016 ޑިސެންބަރު 31 ގެ ނިޔަލަށް ހަމަވާތީ އިތުރު އަހަރަކަށް (2017 ޖަނަވަރީ 1 އިން ފެށިގެން އެއަހަރުގެ ނިޔަލަށް) ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތާރީޚު: 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަސް

ތާރީޚު: 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަސް

ގަޑި: ހެނދުނު 11:00

ގަޑި: ހެނދުނު 11:00

ތަން: ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް

ތަން: ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް

08 ނޮވެންބަރު 2016
ހޯދާ