ދިވެހިރާއްޖެ
އިޢުލާން
ފިހާރަ ކުއްޔަށް ދިނުމަށް |
||||||
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ފިހާރަތައް: |
|
|||||
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު: |
ފިހާރަ ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 5 އަހަރުދުވަހުގެ މުއްދަތަށެވެ. |
|||||
ފޯމު ވިއްކުން: |
ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑްފޯމު ވިއްކާނީ 2016 ނޮވެންބަރު 13 އިން 2016 ނޮވެންބަރު 17 އަށް، (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯމެއްގެ އަގަކީ -/10ރ (ދިހަރުފިޔާ) އެވެ. |
|||||
ފޯމު ވިއްކާ ގަޑި: |
ހެނދުނު 8:30 އިން 13:30 އަށް |
|||||
ބިޑް ހުށަހަޅަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ސްޓޭޓް ޕްރޮޕަރޓީ މެނޭޖްމަންޓު ޑިވިޜަނަށް |
|||||
ބިޑް ހުށަހަޅާ ތާރީޚު އަދި ގަޑިތައް: |
ފިހާރަ |
ތާރީޚު |
ގަޑި |
|||
1. ހއ. އަތޮޅު ފިހާރަ އިރުމަތީބައިގެ، ދެކުނުފެންޑާގެ ½ އަދި ފެންޑާއަށް އިތުރުކުރެވުނުބައި |
20 ނޮވެންބަރު 2016 (އަންގާރަ) |
9:00 |
||||
2. ނ. އަތޮޅު ފިހާރައިގެ ހުޅަނގުބައި، ދެކުނުފެންޑާގެ ½ |
20 ނޮވެންބަރު 2016 (އަންގާރަ) |
10:00 |
||||
ބިޑްފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
1. ބިޑް ސެކިޔުރިޓީގެ ގޮތުގައި -/50,000ރ (ފަންސާސްހާސް ރުފިޔާ) ބޭންކް ގެރެންޓީއެއް ހުށަހަޅަން ވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 45 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ. އަދި ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކެއް ޤަބޫލެއް ނުކުރެވޭނެއެވެ. 2. ބިޑް ހުށަހަޅާއިރު ބިޑްހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ. 3. ބިޑް ހުށަހަޅާއިރު ބިޑްހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ. 4. ވަކި ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 5. ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނެ ލިޔުން. (ވިޔަފާރި ހުއްދަ) 6. ބިޑްފޯމު ހުށަހަޅާއިރު، ފޯމުގައި ސޮއިކޮށް ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމު ހުށަހެޅުން. |
|||||
އިތުރު މަޢުލޫމާތު: |
1. ފިހާރަ ކުއްޔަށް ހިފާ ފަރާތުން، އެފިހާރަ ކުއްޔަށް ދިނުމަށް އެގްރީމެންޓް ކުރެވޭއިރު ޑިޕޮޒިޓްގެ ގޮތުގައި މި މިނިސްޓްރީއަށް ޗެކުން ފައިސާ ދައްކާނަމަ ދައްކަންވާނީ އެފަރާތެއްގެ އަމިއްލަ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. އަދި ފިހާރަ ކުއްޔަށް ހިފަނީ ކުންފުންޏަކުންނަމަ އެކުންފުންޏެއްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. މި ޗެކު ވާންވާނީ ބޭންކް ގެރެންޓީ ދީފައިވާ ޗެކަކަށެވެ. 2. ކުލި ހުށަހަޅަންވާނީ ތަނުގެ މިހާރު ކުރަންވެފައިވާ މަރާމާތުތަކަށާއި ތަންހުރި ފެންވަރަށް ބަލާފައެވެ. |
|||||
8 ޞަފަރު 1438 |