ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ ފަންސާސް އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްޓޭޖް ޝޯ ބޭއްވުމަށްޓަކައި ސްޓޭޖާއި، ސައުންޑާއި، ލައިޓް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި މިނިސްޓްރީގެ ފަރާތުން ކުރި ނަންބަރު:(IUL)10-F/1/2016/108 (08 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތުތަކަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 21 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
16 ޞަފަރު 1437