ދިވެހިރާއްޖެ
އިޢުލާނު
ޓެކްސީ ކުއްޔަށްހިފުމަށް ބޭނުންވެއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އާ ގުޅިގެން، ޓެކްސީ ކުއްޔަށް ހިފުމަށް ކޮށްފައިވާ ނަންބަރު 179 (A)AB-2016/(30 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަނުވާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް ޓެކްސީ ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
24 ނޮވެމްބަރ 2016 |
ބުރާސްފަތި |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
01 ޑިސެމްބަރ 2016 |
ބުރާސްފަތި |
11:00 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ procurement@elections.gov.mv އަށެވެ.
16 ޞަފަރު 1438