ދިވެހިރާއްޖެ
އިޢުލާން
މި މަރުކަޒުގެ ބަަަަައެއް ޢިމާރާތުގެ ބޮޑުދޮރު، އެލްމިނިއަމް ދޮރަށް ބަދަލުކުރުމާބެހޭ
މި މަރުކަޒުގެ އިޢުލާން ނަންބަރު GS09/2016/37 (26 އޮކްޓޫބަރު 2016) ގެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.
މި މަރުކަޒުގެ ބައެއް ޢިމާރާތުގެ ބޮޑުދޮރު، އެލްމިނިއަމް ދޮރަށް ބަދަލުކުރުމަށް ބޭނުންވެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި، ބީލަންފޯމު ދޫކުރުން 2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 13:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ބީލަންފޯމު ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޞަފަރު 1438