ދިވެހިރާއްޖެ
އިޢުލާން
ހުޅުމާލެއިން 3 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ
މި ކުންފުނީގެ ބޭނުމަށް ހުޅުމާލެއިން 03 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވަނަ ދުވަހުގެ 1100 އަށް އެސްޓީއޯގެ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 27 ވަނަ ދުވަހުގެ 1100 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ފުރިހަމަ މަޢުލޫމާތާއި ޚިދުމަތްތަކުގެ ތަފުސީލާއެކު މި ކުންފުނީގެ ހެޑް އޮފީހަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344180، 3344196
ފެކުސް: 3344633
އީމެއިލް: contracting@stomaldives.net
17 ޞަފަރު 1438