ދިވެހިރާއްޖެ
އިޢުލާން
ގްރޭޑް 6،7 ގެ ކްލާސްރޫމުގެ ސީލިންގު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލުގެ ގްރޭޑް 6،7 ގެ ކްލާސްރޫމުގެ ސީލިންގު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު IUL-B/GS152/2016/44 (20 އޮކްޓޫބަރު 2016) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، 3 ވަނަ ފަހަރަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅުއްވާނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
20 ޞަފަރު 1438