އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައެއް ތަންތަން މަރާމާތުކުރަން ބޭނުންވެއްޖެ
އިޢުލާން
އަންދާސީހިސާބު ހޯދުން:
މި ސްކޫލްގެ މިދަންނަވާ މަސައްކަތްތައް ކުރަން ބޭނުންވެގެން ކުރެވުނު ނަންބަރު GS41-IUL/2016/18 އިޢުލާނާ ގުޅިގެން ހުށަހެޅުނު ބިޑުތަކުގެ ތެރެއިން ޞައްޙަ 3 ބިޑް ހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
- ހޯލްގެ ދޮރުތަކުގެ ތަޅާއި ތަންޑު ބަދަލުކުރުން.
- ލައިބްރަރީގެ ދޮރުފަތް ނައްޓައި އެލްމިނިއަމް ދޮރުފަތެއް ހަރުކުރުން.
- ސްޓާފްރޫމްގައި އެލްމިނިއަމް 2 ދޮރުފަތް ހަރުކުރުން.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 05 ވާ ހޯމަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 08 ވާ ބުރާސްފަތިދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
29 ޞަފަރު 1438
29 ނޮވެންބަރު 2016
ހޯދާ