ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މަޤާމު: އެކައުންޓަންޓް
ބޭނުންވާ އަދަދު: 01
ޖުމުލަ މުސާރަ: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ދެފަރާތް އެއްބަސްވާގޮތަކަށް
އެހެނިހެން އެލަވަންސް/ ޢިނާޔަތް: ރިޓަޔަމަންޓް ޕެންޝަން ސްކީމް، ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން / އެމްޓީސީސީ ސޯމިލް
ޝަރުޠު:
ޕްރޮފެޝަނަލް ކޮލިފިކޭޝަން: އޭސީސީއޭ ، ސީމާ، ސީޕީއޭ. ފުރިހަމަކޮށްފައިވުން ނުވަތަ ބެޗްލާރސް ޑިގްރީ އިން ފައިނޭންސް، ނުވަތަ އެކައުންޓިންގް ހަދައިފައިވުން.
މަތީގައި ދެންނެވިފައިވާ ސަނަދު އޮތުމާއެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 5-2 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
އައި އޭ އެސް އަދި އައި އެފް އާރ އެސް ސްޓޭންޑަރޑްތަކަށް ފަރިތަވުމާއެކު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކާ އެގޮތް ވާގޮތުގެ މަތިން މި ސްޓޭންޑަންތައް އެޕްލައިކުރަން އެނގުން.
ރާއްޖޭގެ ވިޔަފާރީގެ އުސޫލުތަކާއި، ކުންފުނިތައް އޮޕަރޭޓްކުރާ ގޮތާއި، ވިޔަފާރީގެ ވައްޓަފާޅިއާއި، ދިވެހިރާއްޖޭގެ ޓެކްސްގެ ޤާނޫނާއި، އެހެނިހެން ޤާނޫނުތަކާ އެއްގޮތަށް މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރުމާއެކު މި ކަންކަމަށް ރިޢާއަތްކޮށް އެކައުންޓްތައް ބެލެހެއްޓުމުގެ ޤާބިލުކަން ހުރުން.
އެކައުންޓިންގގެ އުސޫލުތަކާއި، މިންގަނޑުތަކާއި، ފައިނޭންޝަލް މެނޭޖްމަންޓާއި، ބޭންކިންގގެ ނިޒާމް ހިންގާގޮތުގެ މަޢުލޫމާތު ލިބިފައިވުމާއެކު އެފަދަ ނިޒާމުތައް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން.
އިނގިރޭސި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އާއި، އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރާއި، ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި، ހީވާގިކަމާއެކު މަސައްކަތްކުރުމާއި، ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :
ކުންފުނީގެ ފައިނޭންޝަލް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ރިޕޯރޓިންގ، ފައިނޭންޝަލް ރެކޯރޑްތައް، އިންކަމް އާއި އެކްސްޕެންސްތަކުގެ ތަފްޞީލް/އެކައުންޓިންގ ޑޮކިއުމަންޓްސް ބެލެހެއްޓުމާއި ކޮމްޕައިލްކުރުން.
މަޤާމު: އެސިސްޓެންޓް ހިއުމަންރިސޯސް އޮފިސަރ
ބޭނުންވާ އަދަދު: 01
ޢަސާސީ މުސާރަ ރޭންޖް: -/5500 ރުފިޔާ.
ސަރވިސް އެލަވަންސް: -/1000 ރުފިޔާ.
އެހެނިހެން އެލަވަންސް/ޢިނާޔަތް : ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް
ޝަރުޠު:
ޖީ.ސީ.އީ އޭ ލެވެލް ފެންވަރު ނުވަތަ މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 03 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން،
ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރުން،
އިގިރޭސީ ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާރޓްމެންޓުގައި އަމަލީ ގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
މަޤާމު: މެއިންޓަނަންސް އޮފިސަރ
ބޭނުންވާ އަދަދު: 02
ޢަސާސީ މުސާރަ ރޭންޖް: -/6600 ރުފިޔާ.
ސަރވިސް އެލަވަންސް: -/1500 ރުފިޔާ.
އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް
ޝަރުޠު:
ގްރޭޑް 10 ގެ ފެންވަރު ނުވަތަ މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 03 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން،
މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
މަސައްކަތް ކޯރޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަންގެ ޕްރޮޕަރޓީ ލިސްޓިންގ ގައި ހިމެނޭ ތަންތަނުގެ މެއިންޓެނަންސް މަސައްކަތް ބެލެހެއްޓުން އަދި މިކަންކަން ކޯރޑިނޭޓްކޮށް އަދި އަމަލީ ގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
މަޤާމު: އެސިސްޓަންޓް މެއިންޓެނަންސް އޮފިސަރ
ބޭނުންވާ އަދަދު: 01
ޢަސާސީ މުސާރަ ރޭންޖް: -/5500 ރުފިޔާ.
ސަރވިސް އެލަވަންސް: -/1000 ރުފިޔާ.
އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް
ޝަރުޠު:
ގްރޭޑް 08 ގެ ފެންވަރު ނުވަތަ މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 02 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން،
މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އިނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
މަސައްކަތް ކޯރޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ޕްރޮޕަރޓީ ލިސްޓިންގގައި ހިމެނޭ ތަންތަނުގެ މެއިންޓެނަންސް މަސައްކަތް ބެލެހެއްޓުމާއި، މިކަންކަން ކޯޑިނޭޓްކުރުމާއި، ޢަމަލީގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވަނަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު، ލިބިފައިވާ ސެޓުފިކެޓުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މި ތަކެތި ފެކްސްއިންނާއި، އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ.
ފެކްސް ނަންބަރު: 3344924
އީމެއިލް: hr@mreic.com.mv
ނޯޓު: ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާން ވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.) މި މަޤާމުތަކަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
02 ރަބީޢުލްއައްވަލް 1438