ގުޅީ ސްކޫލް
ދިވެހިރާއްޖެ
ޗާޕުކުރާ ރޫމާއި އޮފީހުގެ ފާޚާނާ ހެދުމުގެ މަސައްކަތް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލްގެ ޕްރިންޓިންގ ރޫމާއި އޮފީހުގެ ފާޚާނާ ހަދައިދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކޮށްފައިވާ އިޢުލާން GS146/IU/2016/36  (22 ނޮވެންބަރު 2016) އާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 11:00 ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 11:00 ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އެހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ރަބީޢުލްއައްވަލް 1438 

08 ޑިސެންބަރު 2016
ހޯދާ