ދިވެހިރާއްޖެ
އިޢުލާން
ޢިމާރާތެއް ކުއްޔަށް ހިފުމާބެހޭ
މި ކުންފުންޏަށް ހދ.ކުޅުދުއްފުށިން އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2017 ޖަނަވަރީ 3 ވާ އަންގާރަދުވަހުގެ 14:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް މި ކުންފުނީގެ ހދ.ކުޅުދުއްފުށީ ޕޯސްޓް އޮފީސް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 2017 ޖަނަވަރީ 03 ވަނަ ދުވަހުގެ 14:00ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބައިވެރިނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ޢިމާރާތް ހޯދަން ބޭނުންވާ ރަށް:
- ހދ.ކުޅުދުއްފުށި
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާބެހޭ ތަފުސީލު
- ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
- ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
- ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
- ޢިމާރާތް ހުރި ސަރަހައްދު ބަޔާންކުރުން
- ޢިމާރާތުގެ ކުލި ބަޔާންކުރުން
- ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް
- ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން
- ޢިމާރާތުގައި ވަކިން ފޯނުލައިން އަޅާފައި ހުރުން
- ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން
- ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން
- ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާ ގޮތަށް ހޯދާ ޢިމާރާތަކަށް ވާތީ، ޢިމާރާތުގެ ޚިދުމަތް ދޭ އޭރިޔާ، މަގުމަތީގައި ހުންނައިރު އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން.
- ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން).
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި، ޢިމާރާތުގެ ވެރިފަރާތް ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރި ގުޅުން އެނގޭނެ ލިޔުމަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކޮޕީއާއެކު ހުށަހެޅުން
މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު: %20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
19 ރަބީޢުލްއައްވަލް 1438