ދިވެހިރާއްޖެ
އިޢުލާން
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް:
2017 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން 27 ނޮވެންބަރު 2016 ގައި ކުރެވުނު GS-95/2016/035 އިޢުލާނާ ގުޅިގެން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތުދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 11:00 އަށް |
2017 ޖަނަވަރީ 9 ވާ ހޯމަދުވަހުގެ 11:00 އަށް |
މި މަސައްކަތަށް އެދި ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6520532 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
19 ރަބީޢުލްއައްވަލް 1438