ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ކުންފުނީގެ އާ އޮފީސް، ޢުމަރު ޝޮޕިންގ އާކޭޑް ބިލްޑިންގގައި ޑޯރ އެކްސެސް ކޮންޓްރޯލް ސިސްޓަމްއެއް ގަނެ، ހަރުކޮށްދޭނެ ފަރާތެއް ބޭނުން ވެގެން ކުރި އިޢުލާން ނަންބަރު: AI/IUL/2016/084 އަށް އެކަށީގެންވާ ވަރަށް ޕްރޮޕޯސަލް ލިބިފައިނުވާތީ މި ބިޑް ކެންސަލްކޮށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޑިސެންބަރު 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި ކުންފުނީގެ ހެޑް އޮފީހަށް (އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ 04 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން މި ކުންފުންޏަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.