ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފ. އަތޮޅު މަދަރުސާގައި އިމާރާތްކުރުމަށް ފަށާފައިވާ 6 ކްލާސްރޫމް ހިމެނޭ އިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން. 

ފ. އަތޮޅު މަދަރުސާގައި އިމާރާތްކުރުމަށް ފަށާފައިވާ 6 ކުލާސްރޫމް ހިމެނޭ އިމާރާތުގެ (2 ބުރި އިމާރާތުގެ) ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މަދަރުސާގެ ނަންބަރު GS11/2016/12 (20 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ހުށަހަޅާފައިނުވުމުން، ކޮލިފައިވާ 3 ފަރާތް ހަމަނުވާތީ، އެ އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.

ވީމާ، ފ. އަތޮޅު މަދަރުސާގައި އިމާރާތްކުރުމަށް ފަށާފައިވާ 6 ކުލާސްރޫމް ހިމެނޭ (2 ބުރި އިމާރާތް) ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ފ. އަތޮޅު މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

* މަޢުލޫމާތު ސާފުކުރުން: 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 13:00ގައި.

* އަންދާސީހިސާބު ހުށަހެޅުން: 2017 ޖަނަވަރީ 11 ވާ ބުދަދުވަހުގެ 13:00ގައި.

އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952910 ނަންބަރު ފޯނާއެވެ.

 

22 ޑިސެންބަރު 2016
ހޯދާ