ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން

އިޢުލާން

ނީލަންކިޔުން:

ރަންރިޔާލަގެ ގޯއްޗާއި އިލޭރެ ގޯއްޗާއި ދެމެދުން ހާނާރިގޯޅީގެ ފުޅާމިނަށް ޒިޔާރަތްފަންނުމަގާއި ހަމައަށް ހާނާރިގޯޅި ހެދުމަށްޓަކައި އެމަގަށް އަރާތީ، ބަދަލުދެވިފައިވާ (ރަތްކުލައިގެ ބަންދު އަޅައިފައިވާ) ރުއްގަހުގެ ނީލަންކިޔުން 2017 ޖަނަވަރީ 1 ވާ އާދީއްތަދުވަހުގެ 10:00 ގައި އެމަގުގައި (ރަންރިޔާލަގެ ކައިރީގައި) އޮންނާނެއެވެ.

ނީލަމުން މި ރުއްގަސް ނަގާ ފަރާތްތަކުން 3 ދުވަހުގެތެރޭގައި ރުއްގަހުގެ ބުޑާއެކު އެތަނުން ނަގަންވާނެއެވެ. ނީލަމުން ނެގުމަށްފަހު ނީލަން ދޫނުކުރެވޭނެއެވެ.

މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.          

26 ރަބީޢުލްއައްވަލް 1438

25 ޑިސެންބަރު 2016
ހޯދާ