ދިވެހިރާއްޖެ
އިޢުލާން
ދޯންޏެއް ކުއްޔަށް ހިފުން
މި ކުންފުނީގެ ބޭނުމަށް މާލެއާއި، އެއަރޕޯޓާދެމެދު ދަތުރުކުރުމަށްޓަކައި ދޯންޏެއް ކުއްޔަށް ހިފުމަށް ކުރިން ކުރެވުނު ނަންބަރު 148ADM-HR/MPL/2016/ (12 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމަށްށް ފެންނާތީ މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 5 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ 14:00 އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށެވެ.
30 ރަބީޢުލްއައްވަލް 1438