ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މާލެ އަދި ރަށްރަށުގައިވާ މި ކުންފުނީގެ އިންޖީނުގެތަކުގެ ފިކްސްޑް އެސެޓްސް (ޖެނެރޭޝަން އިކުއިޕްމަންޓް، ފިއުލް ސްޓޯރޭޖް، ޑިސްޓްރިބިއުޝަން އިކުއިޕްމަންޓް، ބިލްޑިންގ) 1 އަހަރުދުވަހުގެ މުއްދަތަށް ފަޔަރ އިންޝުއަރެންސް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 15 ވާ އާދީއްތަދުވަހުގެ 10:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.
މި ޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
އަގަށް: 90 ޕޮއިންޓު
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 90x
ތަޖުރިބާ: 10 ޕޮއިންޓު
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
(ފިކްސްޑް އެސެޓްސް ފަޔަރ އިންސްއަރެންސްކުރުމުގެ މަސައްކަތް)
އިޢުލާން ނަންބަރު: 01/2017-H
ބިޑް ހުޅުވުން:
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 25 ވާ ބުދަދުވަހުގެ 10:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 25 ވާ ބުދަދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން ބިޑް ކުރައްވާ ފަރާތްތަކުން މިކުންފުނީގެ ވެބްސައިޓް www.stelco.com.mv ގައި ޝާއިޢުކުރެވިފައިވާ "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ސަމާލުކަންދެއްވައި، ބިޑްކުރައްވާއިރު އެކަންތައްތައް ފުރިހަމަކުރައްވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް procurement@stelco.com.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.
11 ރަބީޢުލްއާޚިރު 1438