ހިންނަވަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ރިސެޕްޝަނިސްޓް  

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

1. އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް.

2. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

3. ޑިޔުޓީ އުސޫލުން މަސައްކަތްކުރާނަމަ، ޑިޔުޓީ އެލަވަންސް.

އޮފީސް:

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

ޑިވިޜަން / ސެކްޝަން:

ޕަބްލިކް ރިލޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޚިދުމަތަށް އެދިގެން އަންނަ މީހުންނަށް އިޙްތިރާމްކޮށް، ހިތްހެޔޮކަމާއެކު އެހީތެރިވެ މަގުދައްކައިދިނުން.

2. ޚިދުމަތަށް އެދިގެން އަންނަ މީހުންނަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.

3. ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓްރީކުރުމާއި، ނަންބަރު ދޫކުރުން.

4. ޚިދުމަތުގެ އަގުގެގޮތުގައި މަރުކަޒަށް ނަގާ ފައިސާ ބަލައިގަތުމާއި، ރެކޯޑް ބެލެހެއްޓުން.

5. ބަލިމީހާގެ ފަރާތުން މަރުކަޒުގެ އޮފީހުން ބޭނުންވާ މަޢުލޫމާތު ލިޔެ ބެލެހެއްޓުން.

6. ފޯނުކޯލްތަކަށް ރީތިބަހުން ޖަވާބުދާރީވުމާއި، ޚިދުމަތްތެރިގޮތެއްގައި ފޯނުގެ ޚިދުމަތް ފޯރުކޮށްދިނުން.

7. އާސަންދައިގެ ދަށުން ޚިދުމަތްހޯދާ މީހުންގެ މަޢުލޫމާތުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމާއި، ރިކޯޑުތައް ބަލަހައްޓައި، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

8. އާސަންދައިގެދަށުން ހަމަޖައްސަންޖެހޭ ލިޔެކިޔުންތައް ފުރިހަކުރުން.

9. އާސަންދައިގެދަށުން ހަދަންޖެހޭ އިންވޮއިސްތަކާއި ރިޕޯޓުތައް ކަނޑައެޅިފައިވާ ގޮތުގެ މަތީން ތައްޔާރުކުރުން.

10. މަރުކަޒުގެ އޯޕީޑީ އޭރިއާގައި ޚިދުމަތްދެވޭ ބަލިމީހުންގެ ފައިލް ނުވަތަ މަރުކަޒުގެ ރެކޯޑުތައް، ހަމަޖެހިފައިވާ އުސޫލުގެމަތިން ބެލެހެއްޓުން.

11. ތަރުޖަމާނުން ނެތިއްޖެ ހާލަތެއްގައި ތަރުޖަމާކޮށްދިނުން.

12. ކަނޑައެޅިފައިވާ ގޮތުގެ މަތީން ޑިޔުޓީ އަދާކުރުން.

މަޤާމުގެ ޝަރުޠުތައް:

1. ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް،  މާކެޓިންގ  މެނޭޖްމަންޓް،  ބިޒްނަސް  މެނޭޖްމަންޓް،  ބިޒްނަސް  އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގެ އޮފީހުން، ރަސްމީގަޑީގައި ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު: މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއް ނުގަނެވޭނެއެވެ.

މި މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ 2017 ޖަނަވަރީ 23 ވަނަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ބަލައިގަންނާނީ، ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގެ އޮފީހުންނެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަވިއު ކުރެވޭނީ ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގައެވެ. އިންޓަވިއު އޮންނާނީ، މި އިޢުލާނަށް މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 3 ހަފުތާގެ ތެރޭގައެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ، 6620216 އެވެ.

12 ރަބީޢުލްއާޚިރު 1438

10 ޖަނަވަރީ 2017
ހޯދާ