ދިވެހިރާއްޖެ
އިޢުލާން
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ ގައި ހަރުކޮށްފައިވާ ފަޔަރ ފައިޓިންގ ސިސްޓަމްތައް މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ކޮށްފައިވާ އިޢުލާން ނަންބަރު (IUL)164/1/2016/92 އާއި ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މިއިޢުލާން ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 31 ޖެނުއަރީ 2017 ވާ އަންގާރަ ދުވަހު11:00 އަށް މިއޮފީހަށް (ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، 64 ކަލާފާނު ހިނގުން) ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހު 10:00 ގެކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ secretariat@ncit.gov.mv އަށް އީ-މެއިލް ކޮށްލެއްވުން އެދެމެވެ.
24 ރަބީޢުލް އާޚިރު 1438
22 ޖެނުއަރީ 2017