ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިސަރވިސަސް އިން، ކ.ތިލަފުށިން ލ.އިސްދޫ އަށް ތަކެތި ގެންދިއުމަށާއި، ލ.އިސްދޫއިން ކ.މާލެއަށް ތަކެތި ގެނައުމަށް، 28 ޓަނުގެ މުދާ އެރުވޭ ވަރުގެ ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ހުށަހަޅަންވީ ތަކެތި:
ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)
ށ- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މި ބާވަތުގެ މަސައްތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިއުން.)
އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް
ހ- އަގު: 60 ޕޮއިންޓް
ޕޮއިންޓް = {(އެންމެ ހެޔޮ އަގު) / (ހުށަހެޅި އަގު) 60x}
ށ- މަސައްކަތު ތަޖުރިބާ: 10 ޕޮއިންޓް
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10
ނ- ސައިޒު (ޓަނޭޖް): 30 ޕޮއިންޓް
ޕޮއިންޓް = (އެންމެ ބޮޑު ސައިޒް/ (ހުށަހެޅި ސައިޒް) 30x)
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕަބްލިކް ވަރކްސް ސަރވިސަސް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ބިޑު ހުޅުވުން:
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 06 ފެބްރުވަރީ 2017 ހޯމަ ދުވަހުގެ 11:00 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ފެބްރުވަރީ 2017 ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.
04 ޖުމާދުލްޢޫލާ 1438
01 ފެބުރުވަރީ 2017