ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ. ނަމްބަރ F-10/10/2017/06
އިޢުލާން
މި މިނިސްޓްރީ ހިންގަމުން ގެންދާ ވެލާނާގެ (10 ވަނަ) ފަންގިފިލާ 1 ( އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)10-F/10/2017/04(23 ޖަނަވަރީ 2016) އިޢުލާނާއި ގުޅިގެން ދެވިފައިވާ މައުލޫމާތު ދެވިފައިވަނީ ރަގަޅަށް ކަމުގައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ފެބުރުވަރީ 09 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 14 ވާ އަންގާރަ ދުވަހުގެ 11:00ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
09 ޖުމާދަލްއޫލާ 1438
06 ޖަނަވަރީ 2017
ނޯޓް: މި އިޢުލާން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްދެއްވުން އެދެމެވެ.
އަޙުމަދު ނަޝީދު /އެޑްމިނިސްޓްރޭޓިވް އޮފިސަރ
ފޯން ނަންބަރ:3323820