ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2016 ވަނަ އަހަރުގެ އަހަރީ އޮޑިޓް ކުރުމަށް އޮޑިޓް ފާމެއް ހަމަޖެއްސުމަށް ކުރެވުނު ނަންބަރު: 6 /2017/އެމް.އެލް/އައި.ޔޫ/އެފް -57 (18 ޑިސެމްބަރ 2016) އިޢުލާނާ ގުޅިގެން، މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ ޕްރޮޕޯސަލްތަކުގެ އަގު ބޮޑުވުމާއެކު މި އިޢުލާން ބާޠިލްކޮށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިޢުކުރައްވާފައިވާ “A” ކެޓަގަރީގައި ހިމެނޭ އޮޑިޓް ފާމްތަކުގެ ތެރެއިން -/100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އޮޑިޓް ފީއެއްގައި އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާނޭ ފަރާތްތަކަށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ފެބްރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ފެބްރުވަރީ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
17 ޖުމާދަލްއޫލާ 1438
14 ފެބްރުވަރީ 2017